އައިޖީއެމްއެޗުގައި ފަރުވާ ދިން ތުއްތު ކުއްޖަކު މަރުވި މައްސަލަ ބަލަނީ

އައިޖީއެމްއެޗުގައި ފަރުވާ ދިން ތުއްތު ފިރިހެން ކުއްޖަކު މަރުވި މައްސަލަ ބަލަން ފަށައިފި އެވެ.

އުމުރުން އަށް މަހުގެ އެ ތުއްތު ކުއްޖާ އިއްޔެ މަރުވީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން އުޅެނިކޮށެވެ. ނަމަވެސް ކުއްޖާގެ އާއިލާއިން ތުހުމަތުކުރާ ގޮތުން ކުއްޖާ މަރުވީ އައިޖީއެމްއެޗުގެ އިހުމާލުން ނެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މަރުގެ ކަންކަން ހިނގައި ދިޔަ ގޮތް މިނިސްޓްރީން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

ތުއްތު ކުއްޖާ އައިޖީއެޗްއަށް ދެއްކީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ނަމަވެސް  ބޭސް ދިނުމުން ވެސް ރަނގަޅު ނުވާތީ ދެވަނަ ދުވަހު ކުއްޖާ އެޑްމިޓްކުރި އެވެ

އާއިލާއިން ބުނީ ކުއްޖާ މަރުވީ ލިވާ ފެއިލްވެގެން ކަމަށާއި ނަމަވެސް ލިވާ ފެއިލްވަމުންދާކަން އާއިލާއަށް އެންގީ ހަތް ދުވަސް ފަހުން ކަމަށް ވެސް އާއިލާއިން ބުންޏެވެ.

ކުއްޖާ މަރުވިއިރު ބޭރަށް ގެންދަން އާސަންދަވެސް އޮޮތީ ހަމަޖެހިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *