ސަޖިދާ މުޙައްމަދު ޢާންމު ގޮތެއްގައި ސާޖީގެ ނަމުން ރައްޓެހިން މުހާތަބުކުރާ ހިތްހެޔޮ މުރާލި އަދި ހިތްތިރި ކަނބަލެކެވެ.
އެކަމަނާއަކީ ދިވެހި ސިވިލް ސަރވަންޓެކެވެ. ސިވިލް ސާވިސްގައި އެކަމަނާ ވެފައި އޮތީ އެހެން މުވައްޒަފުންނަށާއި މުވައްސަސާއަށް ނަމޫނާއަކަށެވެ. އަހުލާގު ހެޔޮކަމެކެވެ. މަސައްކަތަށް ފަރުވާތެރިކަމެވެ. ހިންގުންތެރިކަމުގައި ތޫނުފިލިކަމެކެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގެ ފަސްޓް ލޭޑީގެ މަގާމުގައި ހުންނެވި މެޑަމް ސާޖިދާ އިނގިރޭސިވިލާތުގައި ފިރިކަލުން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އެކު ލީޑްސް ޔުނިވާސިޓީން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. ސެއިންޓް ޖޯސެފް ޔުނިވާސިޓީން 2003 ވަނަ އަހަރު ބެޗްލާސް ޑިގްރީ ހާސިލްކުރެއްވި އެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ފިރިކަލުންގެ ކެމްޕެއިނަށް އެކަމަނާ ވަރަށް ބޮޑަށް ތާއީދު ކުރައްވައި، ތާއީދު ހޯއްދެވުމަށް ތަގުރީރުތައް ދެއްވިއެވެ. ރިޔާސީ އިންތިހާބު ފިރިކަލުންނަށް ކާމިޔާބު ކޮށްދެއްވުމުގައި އެކަމަނާގެ ހީވާގި މުރާލި މަސައްކަތް ހުރިހާ މާނައެއްގައިވެސް ފާހަގަ ކުރެވެއެވެ.
މެޑަމް ސާޖިދާއަކީ މިހާރު މުޅި ދިވެހި ގައުމު ފަހުރުވެރިވާނެ ކަނބަލެކެވެ. ރާއްޖޭގެ ފަސްޓް ލޭޑީގެ ހައިސިއްޔަތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެކަމާ ތަމްސީލްކުރައްވަނީ އެންމެ މަތީ އަހުލާގާއި ހެޔޮލަފާ ހުލްގެވެ. ދިވެހިންގެ ހިތްހެޔޮ ކަމާއި ބޮޑާކަމެއް ނެތް ރަހުމަތްތެރިކަމާއި ދީނަށް ކުރާ ލޯތްބެވެ.
މެޑަމް ސާދިދާއަކީ ހުރިހާ މާނައެއްގައިވެސް ނަމޫނާއެކެވެ.


