މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅު އަލްސަލް މުހައްމަދު ކަން އެނގިއްޖެ އެވެ.
ބޮޑުތަކުރުފާނު މަގުގައި ހިނގި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 16 އަހަރާއި 17 އަހަރުގެ ދެ ކުދިންނެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައި އެވެ.
އެނގިފައިވާ ގޮތުގައި ނިޔާވީ ހ.ވާވޮއި، އަލްސަން މުހައްމަދު އެވެ.
ސައިކަލުގައި އިން 16 އަހަރުގެ ކުއްޖާ އާއި ޒެބްރާ ކްރޮސްއިން ހުރަސްކުރި 40 އަހަރުގެ މީހާ ވެސް ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުންނެވެ.


