ވީޑިއޯއެއް ހަދައިގެން 12,000 ރުފިޔާ ލިބޭ މުބާރާތެއް ސިޓީ ކައުންސިލުން ފަށައިފި

ވީޑިއޯއެއް ހަދާލައިގެން އެއްވަނަ އަށް އަންނަ ފަރާތަކަށް 12,000 ރުފިޔާ ހުށަހަޅާފައިވާ މުބާރާތެއް މާލެ ސިޓީ ކައުންސިލުން ޒުވާނުންނަށް އަމާޒުކޮށްގެން ހުޅުވާލައިފިއެވެ.

ދުނިޔޭގެ ޒުވާނުންގެ ހުނަރުވެރި ކަމުގެ ދުވަހާ ގުޅިގެން ހުޅުވާލި މި މުބަރާތަކީ ޒުވާނުންގެ ހުނަރު އިތުރު ކުރުމާއި ޒުވާނުން ބާރުވެރިކުރުމުގެ މަޤްސަދުގައި މާލެ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ.

18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތަށް ވީޑިއޯ ޕޯސްޓް ކުރުމުގެ އެންމެ ފަހުގެ ތާރިޚާކީ ޖުލައި މަހުގެ 30 ވަނަ ދުވަހެވެ.

މި މުބާރާތުގައި ބައިވެރިވުމަށް 1 މިނެޓާއި 2 މިނެޓާއި ދޭތެރޭގެ ވީޑިއޯއެއް ހެދުމަށް ފަހު، މި ޝިޔާރާއެކު އިންސްޓަގްރާމް ނުވަތަ ޓިކްޓޮކްގައި ޕޯސްޓް ކުރަންވީ އެވެ. ޕޯސްޓްގައި ހޭޝްޓެގަކަށް ކިޔަން ޖެހެނީ:

YouthSkillsMaleCity#
MaleCityCouncil#
ވަނަތައް ހޮވުމުގައި ބަލާނީ އެންމެ ގިނަ ފަރާތްތަކުން އެ ވީޑިއޯއެއް ޝެއަރ ކޮށްފައިވާ ފަރާތަތްތަކަށް ކަމަށް ވެސް މާލެ ސިޓީ ކައުންސިލްގެ ޕޯސްޓްގައި ބުނެފައިވެއެވެ.

1 ވަނައަށް ދާ ފަރާތަށް 12,000 ރުފިޔާ
2 ވަނައަށް ދާ ފަރާތަށް 8,000 ރުފިޔާ
3 ވަނައަށް ދާ ފަރާތަށް 6,000 ރުފިޔާ
ފައިސާގެ އިނާމް ތަކާއި އަދިވެސް އެހެނިހެން އިނާމްތައް ހުށަހެޅިފައިވާ މު މުބާރާތަށް ހުށަހަޅާ ވީޑިއޯތައް، ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މާލެ ސިޓީ ކައުންސިލްގެ އެކި ސޯޝަލް މީޑިއާ މަންސަ ތަކުގައި ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި، މީގެ އިތުރުން ވީޑިއޯތައް ސޯޝަލް މީޑިއާގައި ޝެއަރ ކުރަން ވަނީ މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ހޭޝްޓެގް ބޭނުން ކޮށްގެން ކަމަށްވެސް މާލެ ސިޓީ ކައުންސިލްގެ ޕޯސްޓްގައި ހާމަކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *