ވެލިދޫގައި އަންނަ އަހަރު ސީޕްލޭން އޮޕަރޭޝަންތައް ފަށަނީ

އަންނަ އަހަރު ނ. ވެލިދޫގައި ސީޕްލޭން އޮޕަރޭޝަންސްތައް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މުއިއްޒު ވެލިދޫއަށް ވަޑައިގެން މިރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާބު ވައުދުވެވަޑަގަންފައިވާ ގޮަތަށް ވެލިދޫ. ހޮޅުދޫ އަދި ފޮއްދޫއަށް ހާއްސަކޮށް ނ. ވިިހަފަރުގައި އެއާޕޯޓު އެޅުމުގެ މަސައްްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.

އަދި އެއާޕޯޓު ގާއިމުކުރުމުގެ ކުރިން ވެސް ނުވަތަ އޭގެ ފަހުންވެސް ބޭނުންކުރަން ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސީޕްލޭން ޕްލެޓްފޯމެއް މި އަންނަ އަހަރު ޖެނުއަރީ މަހު ގާއިމުކޮށްދީ ރެގިއުލާ ސީޕްލޭން ފަށައިދޭނަން،" ރައީސް ވިދާޅުވި އެވެ.

އަދި އޭގެ އިތުރުން އެ ރަށުގައި ސީއެމްބިއުލެންސް ސްޓޭޝަންއެއްވެސް ވެލިދޫގައި ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ވެލިދޫއަށް މަޝްރޫއުތައް ގެންނަން މަސައްކަތް ކުރަމުންދާ އިރު ވެލިދޫ މެމްބަރު މުހައްމަދު އައްބާސްގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ނުލިބޭ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ.

އަދި އެއްބާރުލުން ސަރުކާރުން ނުލިބޭ އިރު އައްބާސް ކަަންކަމަށް ހުރަސް އަޅުއްވައި ކަންކަން މަޑުޖައްސަން އައްބާސް މަސައްކަތް.ކުރަައްވަމުން ގެންދަވާކަމަށް ރައީސް ތުހުމަތު ކުރެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *