ލ. މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މިއަދު މަރާލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެމީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ކަރަށް ވަޅި ޖަހާ، ލިބުނު ޒަޚަމްތަކުގައި މަރުވެފައިވަނީ އެރަށު އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ ހަމަލާދިނުމަށް ފަހު، ހަމަލާދިން މީހާވަނީ އަމިއްލައަށް ފުލުސް ސްޓޭޝަނަށް ގޮސް ހައްޔަރުވެފައެވެ. އަދި ހަމަލާ ލިބުނު މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅޭ ގޮތުން ތަފްސީލެއް ފުލުހުން ނުދެއެވެ.


