ޑްރަގް ވިއްކާ މީހުން މަރާނަމަ ރައީސް ޑރ. މުއިއްޒު އަވަހާރަކޮށްލަން ޖެހޭކަމަށް ބުނެ ޒުވާނަކު އިންޒާރުދީފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ކަމަށް ޒުވާނަކު ބުނެފިއެވެ.

އެފަދައިން ބުނެފައިވަނީ މަސީހް މޫސާ ކިޔާ ޒުވާނަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.

ޑްރަގް ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާކުރާކަމަށް ރައީސްގެ ފޮޓޯ ޖައްސަވާ ލިޔުއްވާފައިވާ ހަބަރެއް ހިއްސާކޮށް އޭނާ ބުނެފައިވަނީ "އެންމެ ފުރަތަމަ މި ރ*ޑ މަރާލަން ޖެހޭ" ކަމަށެވެ. އަދި އެ ބަސްތަކުގެ ފަހަތަށް ވަޅީގެ އިމޯޖީތަކެއްވެސް ލާފައިވެއެވެ.

ކަމާގުޅުން ހުރި އިދާރާތަކުން ވީ އެންމެ އަވަހަކަށް މި މައްސަލަ ބަލައި، ގާނޫނާ އެއްގޮތަށް ފިޔަވަޅުތައް އެޅުމަށް އާއްމުން އަންނަނީ ގޮވާލަމުންނެވެ.

މީގެ ކުރިންވެސް ރައީސް އަށް މިފަދަ އިންޒާރެއް ދީފައިވެއެވެ. ރައީސްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އޮތް ދައުލަތުގެ އިދާރާތަކުން އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށްގެންދިއުމަށް އޭރުވެސް ސިޔާސީ އިސްވެރިންނާއި ދައުލަތުގެ އިސްވެރިން ގޮވާލާފައިވެއެވެ. ފުލުހުން އޭރު އެމީހާ ހައްޔަރުވެސް ކުރިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *