ޑްރަގް ވިއްކާ މީހުންނަށް މަރުގެ އަދަބު ދިނުމާއި ދެކޮޅަށް މާރިޔާ އަރުވާޖަހާފައި ނިކުމެއްޖެ

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުރިން އެކަން ހުއްޓުވޭ ނަމަ، މީހުން މަރާ ހިސާބަށް ކަންކަން ދާން ނުޖެހޭ ކަމަށް ބުނެ ޑްރަގު ވިޔަފާރިވެރިންނަށް މަރުގެ އަދަބު ދިނުމާ ގުޅޭ ގޮތުން ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކަށް ދެކޮޅު ހަދައި ފިދަނަ މާރިޔާ ކޮށިކޮށްގެން ނިކުމެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ، ޑްރަގު އެތެރެ ކުރުމާއި އޭގެ ވިޔަފާރިކުރާކަން ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ކަނޑައެޅުމަށް ގާނޫނު އިސްލާހު ކުރުމަށް މަސައްކަތްތަކެއް ފެއްޓެވިކަން އިއުލާން ކުރައްވާފަ އެވެ.

އެކަމާ ގުޅޭ ގޮތުން މާރިޔާ ފާޑުވިދާޅުވެ ވާހަކަ ދެއްކެވީ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *