ރާއްޖޭގެ ކަނޑޫފާތަކުގައި ހެދޭ ބަރު ގަހުގެ އޮށްތަކެއް ޖައްވަށް ފޮނުވައިފި އެވެ.
މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރުއޯ) އިން ބުނީ ބަރު ގަހުގެ އޮށް ނެގީ ހދ. ކުޅުދުއްފުށި، ނ. ކެނދިކުޅުދޫ ކުޅިން ކަމަށެވެ.
ރާއްޖެ ހިމެނޭހެން 11 ގައުމެއްގައި ހެދޭ ގަސްތަކުގެ އޮށް ޖައްވަށް ފޮނުވާފައިވެ އެވެ.
އެ ގައުމުތަކަކީ:
އާޖެންޓީނާ
ބްރެޒިލް
އެމެރިކާ
ކޮސްޓަރިކާ
ގުއަޓަމާލާ
އިންޑިއާ
ނައިޖީރިއާ
ޕާކިސްތާން
އަރްމޭނިޔާ
އިޖިޕްޓް
އެމްއެސްއާރުއޯ އިން ބުނީ އެ މިޝަންގެ ސަބަބުން މިހާރަށްވުރެ ހަރުދަނާ ދަނޑުތަކާއި ދެމެހެއްޓެނިވި ދަނޑުވެރިކަމާ ބެހޭ ދިރާސާތަކަށް އެހީތެރިކަން ފޯރުކޮދޭނެ ކަމަށެވެ.


