ކަރަންޓު ކެނޑުނު ސަބަބު އެނގޭ؛ އެމައްސަލަ ޙައްލު ކުރާނަން: ފަހުމީ

މާލޭ ސަރަޙައްދުން މިއަދު ކަރަންޓު ކެނޑުނު ސަބަބު އެނގޭ ކަމަށާއި، އެމައްސަލަ ޙައްލު ކުރަށްވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން ފަހުމީ މިއަދު ވިދާޅުވީ، މާލޭ ސަރަޙައްދުން މިއަދު ކަރަންޓު ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވުމުން ކަމަށެވެ. ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލަ ފަހުމީ ހާމަކުރަށްވާފައެއް ނުވެއެވެ.

ފަހުމީ ވިދާޅުވީ، މިހާރު ކުރިމަތިވަމުންދާ ޓެކްނިކަލް މައްސަލަ އެއްކޮށް ޙައްލު ކުރަށްވާނެ ކަމަށެވެ.

ފަހުމީ މިހެން ވިދާޅުވެފައިވާއިރު މުޅި މާލެއާއި ހުޅުމާލެއިން މިއަދު ހެނދުނު ކަރަންޓް ކެނޑުމަށްފަހު، ކަރަންޓު އަލުން ލިބިފައިވަނީ، 3 ގަޑީރެއްހާއިރު ފަހުންނެވެ.

މިއީ މިއަހަރު މުޅި މާލެ އާއި ހުޅުމާލޭން ކަރަންޓްގެ ޚިދުމަތް މެދުކެނޑުނު ދެވަނަ ފަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *