ދިރާގުޓީވީ ހުއްޓުވާލި އިސްލާހު ބާތިލުކުރަން ބްރޯޑްކޮމްއިން ނިންމައިފި

ދިރާގު ޓީވީއިން ދެމުން ދިޔަ، ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ކުއްލި ގޮތަކަށް ހުއްޓާލަން ޖެހޭ ގޮތަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން 2022 ވަނަ އަހަރު ގެނައި އިސްލާހު ބާތިލު ކުރުމަށް އެ ކޮމިޝަނުން މިއަދު  ނިންމައިފިއެވެ.

ގިނަ ބަޔަކު ހިދުމަތް ހޯދަމުންދިޔަ ދިރާގު ޓީވީ އާއި ދިރާގު ޕްލޭ ހުއްޓާލަން ޖެހުނީ، ބޭރުގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުން ބްރޯޑްކޮމްއިން މަނާކުރުމާ ގުޅިގެންނެވެ.

ދިރާގުގެ 52 އިންސައްތަ ހިއްސާ އޮންނަނީ ބަހްރެއިންގެ ކުންފުންޏަކަށެވެ. ދިވެހި ސަރުކާރުގެ އޮންނަނީ 49 އިންސައްތަ ހިއްސާއެވެ. އަނެއް ހަތް ޕަސެންޓް ހިއްސާދާރުންނަކީ ހިއްސާ ގަނެފައިވާ އާއްމުންނެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް 2022 ވަނަ އަހަރު ބްރޯޑްކޮމްއިން ގެނައި ބަދަލުގައިވާ ގޮތުން ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރަން އެދޭ ކުންފުންޏަކީ 100 އިންސައްތަ ދިވެހިން ހިއްސާވާ ކުންފުންޏަކަށް ވާން ޖެހެއެވެ.

ނަމަވެސް މިއަދު ބްރޯޑްކޮމްއިން ވަނީ ހަމަ އެކަނި ދިވެހި ކުންފުނިތަކަށް ރީބްރޯޑްކާސްޓް ކުރެވޭ ގޮތަށް ގެނައި ބަދަލު އުވާލައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *