އާލިއާ ބަޓް ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އާލިޔާ ބަޓު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

އާލިޔާ ރާއްޖެ އައިސްފައިވަނީ އޭނާގެ މަންމަ ސޯނީ ރާޒްދާނާއި ދައްތަ ޝަހީން ބަޓާ އެކުގައެވެ. މި ދަތުރުުގައި ޝާހީންގެ ލޯބިވެރިޔާ އިޝާން މެހެރާ ވެސް ބައިވެރިވެ އެވެ.

ނަމަވެސް މި ދަތުރުގައި އޭނާގެ ފިރިމީހާ ރަންބީރާއި ދަރިފުޅު ރާހާ ކަޕޫރް ބައިވެރިވި ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މި ދަތުރުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތަކެއް ޝާހީންގެ އިންސްޓަގްރާމްގައި ޕޯސްޓްކުރި ނަމަވެސް އެމީހުން ތިބި ރިޒޯޓެއް އަދި ނޭނގެއެވެ.

އާލިއާ ޗުއްޓީ އަށް ރާއްޖެ އައި އިރު، އޭނަ މިހާރު އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ މި އަހަރުގެ ޑިސެންބަރުގައި ގެނެސްދޭ "އަލްފާ" އާއި އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ "ލަވް އެންޑް ވޯ" އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *