ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ޤާއިމުކުރަން އެޗްޑީސީއާ ހަވާލުކޮށްފި

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ޤާއިމުކުރުމުގެ މަސައްކަތް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެޗްޑީސީއާ ހަވާލުކުރީ ހދ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިރިމަރަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ޤާއިމުކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ.

މި އެއްބަސްވުމުގެ ދަށުން ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫއިން ޚާއްސަކޮށްފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމުގެ އިތުރުން މުނިސިޕަލް ޚިދުމަތްތައް ޤާއިމުކުރާނެއެވެ.

ހދ. ހިރިމަރަދޫގައި އާބާދީގައި ތިބެނީ 500 އެއްހާ މީހުނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *