ފިނޭންސްގެ އެޑްވައިޒަރަކަށް ހަމްދޫން ހަމީދު އައްޔަނުކޮށްފި

ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރަކަށް ކުރީގެ ޕްލޭނިން އެންޑް ނެޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ހަމްދޫން ހަމީދު ސަރުކާރުން މިއަދު އައްޔަންކޮށްފިއެވެ.

އެ މަގާމަށް ހަމްދޫން އައްޔަނު ކޮށްފައިވާ ދުވަހެއް ސީދާ އެނގިފައި ނުވި ނަމަވެސް، އެ މަގާމަށް އޭނާ އައްޔަނު ކޮށްފައިވާކަން ފިނޭންސުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުކަން ކުރެއްވި ހަމްދޫން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސިންގަޕޫރުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ވެސް އޭނާ ކުރެއްވިއެވެ.

ކުރިން އެޓޮލްސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ހަމީދުގެ ދަރިކަލުން ހަމްދޫން ބޮޑަށް ހާއްސަ ވެފައި ވަނީ ޕްލޭނިންގެ ދާއިރާއިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *