ދަރިފުޅު ހަމަލާ ދިނުމުން ޒަހަމްވި ބައްޕަ އިތުރު ފަރުވާއަށް މާލެ ގެނެސްފި

އއ. އުކުޅަހުގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކު އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާގޮތުގައި، ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ ޢުމުރުން 26 އަހަރުގެ ފިރިހެނަކު، އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލައެއް ރޭ 10:20 ހާއިރު އއ. އުކުޅަހުން ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ އަނިޔާވި މީހާއަށް އުކުޅަހުގެ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ޓެސްޓުތައް ހެދުމަށް މާލެއަށް ފޮނުވާފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ދޫކޮށްލާފައިވާކަމަށާއި މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލުގައި އޭނާއަށް ވެސް ފަރުވާދެމުންދާކަމަށް ފުލުހުން ބުންޏެވެ. އޭނާ އަށް ދެމުންދަނީ ނަފްސާނީ ފަރުވާއެވެ.

ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުން ގެންދާކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *