CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 95?

މިއަންނަ އަހަރު އަދި މިއަށްވުރެ އާމްދަނީ އިތުރުވާނެ: ފަލާހް

މިއަންނަ އަހަރު އަދި މިހާރަށްވުރެ އާމްދަނީ އިތުރުވާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.

ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވީ އިންނަމާދޫ އިންގަނެފަ 3 ގޯތީ އަދި ހުޅުމާލެ އިންގަތް ގޯތި ރެޖިސްޓުރީ ބަދަލުކުރުމުގެ މަރުހަލާގައި އޮތް ކަމަށެވެ.

މިފަހަރުގެ މާލީ ބަޔާނަށް ލެވޭވަރަށް ރެޖިސްޓްރީ ބަދަލުކުރުމުގެ މަސައްކަތް ނިންމާލެވޭތޯ މަސައްކަތް ކުރިނަމަވެސް އެކަން ވަނީ ވާ ގޮތް ނުވެފައި ކަމަށް ފަލާހް ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އިންނަމާދޫއިން އަލުން ތިން ބިމާއި ހުޅުމާލެއިން ބިމެއް ގަތް ވާހަކަ އޭނާ ހިއްސާ ކުރީ އަންނަ އަހަރު މާލީ ބަޔާން ނެރޭއިރު ނޫސްވެރިން ހައިރާންވެދާނެތީ ކަމަށެވެ.

"މިވާހަކަތައް މިހާ ކުރިން ހިއްސާ މި ކޮށްލީ ފަހަރެއްގައި ﷲ ގެ ރަހްމަތްފުޅުން ދުނިޔޭގައި ހުރެ މިއަންނަ އަހަރު މާލީ ބަޔާން ނެރޭ އިރު ނޫސްވެރިއަކު ފަހަރެއްގައި އާޝޯހުވެގެން ކަނޑަށް ވެޓިދާނެތީ،" އޭނާ ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސުންނާ ފަނޑިޔާރުން އަދި ޒިންމާދާރު މަގާމުތަކުގައިތިބި ހުރިހާ ފަރާތްތަކާ އެ ފަރާތްތަކު ގެ 18 އަހަރުނުފުރޭ ދަރިން އަދި އަނބިންގެ މާލީބަޔާން ހުށަހަޅަންޖެހޭ ގޮތައް ގާނޫނުތަކަށް ބަދަލުގެނައުމަކީ ވަރަށް މުހިއްމުކަމަށް ފަލާހް ވަނީ ވިދާޅުވެފައި އެވެ.

ފަލާހް މިހެން ވިދާޅުވެފައި މި ވަނީ އިއްޔެ މަޖިލީހުގެ މެމްބަރުން ނެރުން އެ ބޭފުޅުންގެ މާލީ ބަޔާންގައި ފާހަލުއަށް އާމްދަނީގެ ގޮތުގައި 5 މިލިއަން ރުފިޔާ ލިބިފައި ވުމުން އެކަން ފާހަގަކޮށް މީޑިޔާތަކުން އޭނާ އަށް ފާޑު ކިޔަމުން ދަނިކޮށްށެވެ.

އެ ބަޔާނުގައި ފަލާހް ހާމަ ކުރައްވާފއިވާ ގޮތުގައި މެންބަރަށް މުސާރައިގެ ގޮތުގައި 990،000ރ. ލިބިފައިވާ ކަމަށާއި ވިޔަފާރި ނަފާ އިން 900،000ރ. ލިބުމުގެ އިތުރުން ގެދޮރު ކުއްޔަށް ދީގެން 3.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *