އައްޑޫގައި ދިވެހި ފިލްމު "ކަނބުލޮ" ބަލާފައި ނުކުމެ މާރާމާރީއެއް ހިންގައިފި

އައްޑޫ ހިތަދޫގައި ފިލްމެއް ބަލަން ދިޔަ ބަޔަކު ސިނަަމާ އިން ނުކުމެ ރޭ ހިންގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި ހިތަދޫ ވިލާ ކޮލެޖުގައި އެޅުވި ދިވެހި ފިލްމު ”ކަނބުލޮ“ ބަލާފައި ނުކުމެ މަގުމަތީގައި މާރާމާރީ ހިންގީ، އަންހެނުންތަކެކެވެ. މި މާރާމާރީގައި މީހަކަށް ވަނީ އަނިޔާވެސް ވެފައެވެ.

މި މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. ނަމަވެސް މާރާމާރީ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.

ތިން މީހެއްގެ މެދުގައި ހިންގި މާރާމާރީ ހުއްޓުވަން ގިނަ ބަޔަކު ޖަމާވެ، އުޅޭ މަންޒަރު ވީޑިއޯގައި ފެނެ އެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފައި ދަމާ މަންޒަރާއި ގައިގައި ތަޅާ ތަން ވެސް ވީޑިއޯއިން ފެނެ އެވެ. ތަޅާފޮޅަމުން ގޮސް އަނިޔާވެގެން އެކަކު ވެއްޓިފައި ވެސް ވެއެވެ.

ފުލުހުން ވިދާޅުވީ އައްޑޫސިޓީ ހިތަދޫ ކަނީރު މަގުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ރޭ 10:45 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *