އެމްޑީޕީ އާއި ރައީސް ޔާމީން އުޅެނީ ރައީސް ޑރ. މުޢިއްޒު ގެނެސްދެއްވާ ތަރައްޤީ ޙަޖަމް ނުވެގެން ފަލާހު ވިދާޅުވެއްޖެ

އެމްޑީޕީ އާއި ރައީސް ޔާމީން އުޅެނީ ރައީސް ޑރ. މުޢިއްޒު ގެނެސްދެއްވާ ތަރައްޤީ ޙަޖަމް ނުވެގެން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

މިހާރު މަޖިލީހަށް ހުށައަޅާފައިވާ މީޑީއާ ބިލާމެދު އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ދޮގުކަން ފާހަގަ ކުރަށްވަމުން ފަލާޙް ވިދާޅުވީ، އެމްޑީޕީ އަކީ ލެޕްޓޮޕަކާއި ފަޅުރަށަކުން މުޅި ޤައުމު ހިންގޭނެ ކަމަށްބުނެ ރައީސް މައުމޫނުގެ ވެރިކަން ދޮގާއި މަކަރާއި އޮޅުވާލުމުން ބަދަލުކުރި ބައެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ޒަމާންތަކެއް މާޒީ ވިޔަސް ހަނދާން ކުރަންޖެހޭ ކަމެއް ކަމަށް ފަލާޙް ވިދާޅުވެފައިވެއެވެ.

“އެމްޑީޕީ އާއި ޔާމީނަށް އެބަފެނޭ ރައީސް މުޢިއްޒު މިޤައުމަށް ދުވަހަކުވެސް ކުރިން ވެރިއަކަށް ގެނެސް ދެވިފައިނުވާ ތަރައްޤީ އާއި ތަހްޒީބު ގެނެސްދީ މިޤަޢުމުގެ ރައްޔިތުން ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް އުފާފާގަތި ކަންމަތީގައި ދިރިއުޅޭތަން.” ފަލާހް ވިދާޅުވިއެވެ.

އޭގއިތުރުން މިއަދު އެމްޑީޕީގެ ސިޔާސީ ހަރަކާތް ބައްޓަންކޮށް ކުރިއަށްގެންދަން ޕްލޭންކޮށްފައި ވަނީ 2008 ގައި ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރި ހީލަތްތެރި މަގުން ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *