ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު ކުރަށްވައިފި

ކުރީގެ ރައީސުންނަށް ދެމުން އަންނަ ޕެންޝަންގެ މިންވަރު ކުޑަކުރަން ތާއީދު ކުރަށްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.

ނަޝީދު އެކަން ހާމަކުރެއްވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކުރީގެ ރައީސުންނަށް ދެމުން އަންނަ ޕެންޝަންގެ މިންވަރު ކުޑަކުރަން ތާއީދު ކުރެއްވުމަށްފަހު ނަޝީދުގެ ޕޯސްޓް ނިންމާލައްވާފައި ވަނީ ހޭދަކުރަންވާނީ ލިބޭ މިންވަރުންކަން ބުނެދޭ ޅެމެއްގެ ބައިތަކުންނެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ 10 ސެޕްޓެމްބަރ 2025 ގައި ޢިއުލާން ކުރަށްވާފައެވެ.

ކުރީގެ ރައީސުންގެ ގޮތުގައި ނަޝީދު ހިމެނިވަޑައިގަންނަވާހެން ފަސް ބޭފުޅަކު އެބަތިއްބެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *