ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަ ލުއި ލޯނު ސްކީމެއް ރައީސް އިއުލާނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މެނިފެސްޓޯއާ އެއްގޮތްވާ ގޮތުގެ މަތިން ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަ ލުއި ލޯނު ސްކީމެއް އިއުލާނު ކުރައްވައިފިއެވެ.

މިކަންހާމަކުރައްވާފައި ވަނީ އެކްސްގައި އެ މަނިކުފާނު މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް ވިދާޅުވީ މެނިފެސްޓޯގައިވާ ވަޢުދުތަކުގެތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް ގޮސްފައިވާ ކަމަށެވެ.

“ މި ލޯން ސްކީމް ގެ މަޤްޞަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން“ ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މީގެތެރޭގައި، މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ޚާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް މި ސްކީމް ޑިޒައިންކޮށް، ކުރިޔަށް 2 ހަފްތާ ތެރޭގައި ހުޅުވާލަން ދަންނަވާފައިވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *