މީޑިއާ ކޮމިޝަނަށް ހަތަރު ބޭފުޅަކު އައްޔަންކުރައްވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އަލަށް ހަތަރު މެންބަރުން އައްޔަންކޮށްފިއެވެ.

ކޮމިޝަނަށް އައްޔަންކޮށްފައިވާ މެންބަރުންގެ ތެރޭގައި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ށ.ފޭދޫ މޫނިމާގެ، އަބްދުލްއަޒީޒް އިބްރާހީމާއި ގދ.ތިނަދޫ، މަލަ، ޒަމްއަތު އަޙްމަދު ވަހީދު ހިމެނެއެވެ.

އަދި އެހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ގދ. ރަތަފަންދޫ، ވެލީގެ، ސިމާހާ ނަސީމާއި ހދ. ވައިކަރަދޫ، ހިސާން، ހުސައިން ސަގީފު ހިމެނެއެވެ.

މި ހަތަރު މެންބަރުން ކޮމިޝަނަށް ހޮވިފައިވަނީ އިތުރު އެހެން ފަރާތްތަކުން ކުރިމަތިލާފައި ނުވުމުގެ ސަބަބުން އިންތިޚާބެއް ބޭއްވުމަކާ ނުލައެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަކީ ޖުމްލަ ހަތް މެންބަރުން ހިމެނޭ ކޮމިޝަނެކެވެ. މީގެ ތެރެއިން ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނެވެ.

އޭގެ ތެރޭގައި ދެ މެންބަރުންނަކީ އޮންލައިން މީޑިއާގެ ފަރާތުން އަދި އަނެއް ދެ މެންބަރުންނަކީ ބްރޯޑްކާސްޓަރުންގެ ފަރާތުން އިންތިޚާބުކުރާ މެންބަރުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *