ދިވެހި ސަރުކާރުން ގައުމީ ޓީމުތަކުގައި ގައުމު ތަމްސީލުކުރާ އެތުލީޓުންނާއި އޮފިޝަލުންނަށް ކޮންމެ މަހަކު 7،000 ރުފިޔާގެ އެލަވަންސެއް ދޭން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ސްޕޯޓްސް މިނިސްޓްރީން މިއަދު އެސޯސިއޭޝަންތަކަށް ފޮނުވި ސަރކިއުލާއެއްގައެވެ.
އެ ސަރކިއުލާގައި ބުނީ 15 ސެޕްޓެމްބަރުން ފެށިގެން އެކުލަވާލާ މުސާރަ ޝީޓުގައި އެތުލީޓުންނާއި އޮފިޝަލުންގެ މުސާރަ އެއްހަމަކޮށް 7000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން މިދިޔަ މެއި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް ކުޅުންތެރިންނާއި އޮފިޝަލުންނާއި ޕެރަ އެތުލީޓުންގެ އެލަވަންސަށް ބޮޑުވެފައިވާ އަދަދު ޖަމާކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.