ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާޔަތް 7،000 ރުފިޔާއަށް ބޮޑުކޮށްފި

ގައުމީ ޓީމުތަކުގެ ކުޅުންތެރިނާއި އޮފިޝަލުންގެ އިނާޔަތް ފުރަތަމަ ފަހަރަށް އެއްހަމަކޮށް 7،000 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި އިނާޔަތް އެއް އެއްހަމައަކޮށް ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ކޮންމެ މަހަކު ކުރިން ދެމުން ދިޔައީ 5،000 ރުފިޔާގެ އިނާޔަތެކެވެ. އޮފިޝަލުންނަށް ކުރިން ކޮންމެ މަހަކު ދެނީ 2،500 ރުފިޔާއެވެ.

ނަމަވެސް މިހާރު އިނާޔަތް އެއްހަމަކޮށް ބޮޑުކުރުމުން އޮފިޝަލުންނަށް ވެސް 7،000 ރުފިޔާ ލިބޭނެއެވެ.

ސްޕޯޓްސް މިނިސްޓްރީން، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި ސާކިއުލާގައި ބުނެފައިވާ ގޮތުގައި ރައީސްގެ ވައުދާ އެއްގޮތަށް ގައުމީ ޓީމުތަކުގެ އިނާޔަތް ބޮޑުކުރުމާ ގުޅޭގޮތުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައި ވަނީ މި އަހަރުގެ މެއި މަހުން ފެށިގެން 7،000 ރުފިޔާގެ އިނާޔަތް ދިނުމަށެވެ.

ނަމަވެސް މެއި މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ކުރީގެ އަދަދުން އެތުލީޓުންނާއި އޮފިޝަލުންނަށް އިނާޔަތް ވަނީ ޖަމާކޮށްފައެވެ.

އެ މުއްދަތަށް ކޮންމެ މަހަކަށް ޖެހޭ 7،000 ރުފިޔާއިން އެތުލީޓުންނަށް އިތުރަށް ދޭނީ ކޮންމެ މަހަކަށްވާ 2،000 ރުފިޔާއެވެ. އޮފިޝަލަކަށް އިތުރުވާބައިން ދޭނީ ކޮންމެ މަހަކަށް ޖެހޭ 4،500 ރުފިޔާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *