ސިޔާސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެ އާއި މިސްރާ ދެމެދު އެއްބަސްވުމެއް

ސިޔާސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެ އާއި މިސްރާއި ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު، ޑރ. ޢަބްދުﷲ ޚަލީލްއެވެ. އަދި މިޞްރުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ފޮރިން މިނިސްޓަރު ޑރ. ބަދްރު ޢަބްދެލަތީއެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން 2019 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި މިދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ކުރެވުނު މަސައްކަތް މިވަނީ ރަސްމީވެގެން ގޮސްފައެވެ. އަދި މި އެއްބަސްވުމާއެކު ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ރަސްމީ ދަތުރުފުޅެއްގައި މިޞްރަށް ވަޑައިގެންނެވި ފޮރުން މިނިސްޓަރުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އަދި އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގަންނަވައެވެ.

ދަތުރުފުޅުގެ ތެރޭގައި ބޭއްވުނު ދެޤައުމުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ދެޤައުމުގެ ދުވަސްވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާ، އެގުޅުން އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރުމާއި، އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް ދެޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *