މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުޝަތު އައްޔަނުކުރަން ރުހުން ދީފި

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި އާ ކޮމިޝަންގެ ރައީސްކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު އަދި ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

އާ ކޮމިޝަންގެ މެންބަރުންނާ އިންޓަވިއުކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ އާ ކޮމިޝަންގެ ރައީސްކަމަށް ފަރުޝަތު އައްޔަންކުރަން ފެންނަ ކަމަށެވެ.

ފަރުޝަތު އެ މަގާމަށް އައްޔަންކުރަން ފެނޭތޯ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިން 49 މެންބަރުން އޭނާ އައްޔަންކުރަން ފެންނަ ކަމަށް ރުހުންދިން އިރު، ނުފެންނަ ކަމަށް ވޯޓުދިނީ ނުވަ މެންބަރުންނެވެ.

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަންގައި ތިބެނީ ހަތް މެންބަރުންނެވެ. އޭގެ ތެރެއިން ތިން މެންބަރުންގެ އިތުރުން އެ ކޮމިޝަންގެ ރައީސް އައްޔަންކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ.

މީޑިއާ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުން:

° މުހައްމަދު ފަރުޝަތު – ރައީސް

° ސަފާ ޝަފީޤު

° އާމިނަތު ސަރާހަތު އިއްޒަތު

° ހުސައިން ޘަގީފް އިހުސާން

° ސިމާހާ ނަސީމް

° ޒަމްއަތު އަހްމަދު ވަހީދު

° އަބްދުލްއަޒީޒް އިބްރާހީމް

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *