އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމަށް ޝުޢައިބު ޢަބްދުއްރަހްމާނު ޢައްޔަން ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސްކަމަށް އެ ކޮމިޝަނުގެ މެންބަރު ޝުޢައިބު ޢަބްދުއްރަހްމާނު ޢައްޔަންކުރައްވައިފިއެވެ.

މިއީ، އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، އެ ކޮމިޝަނުގެ މެމްބަރުކަމަށް ޢައްޔަންކުރެއްވި ދެވަނަ ދައުރެވެ.

އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، އެ ކޮމިޝަނުގެ ރައީސްކަމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން އެ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅާގެ ދައުރުހަމަވުމާގުޅިގެންނެވެ.

ޤާނޫނު ނަންބަރު 27/2015، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރެއްވީ، އެ ޤާނުނުގެ 12ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، އެ މަނިކުފާނަށް ލިބިދޭ ބާރުގެދަށުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *