މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެފައިސާ ލޯންޑަރކުރާ ކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރުކުރި ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރު މަގާމުން ވަކިކޮށްފި

ޑްރަގު ވިޔަފާރިކޮށް، އެ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހޯދުމަށް ފުލުހުން ފެށި 'އޮޕަރޭޝަން އަލިމަގު’ގެ ދަށުން އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރޭ ހިމެނޭ ސިޔާސީ މުވައްޒަފު މަގާމުން ވަކިކޮށްފި އެވެ.

ރާއްޖެއިން ޑްރަގު ވިޔަފާރީގައި ބައިވެރިވާ މީހުންނާ ދެކޮޅަށް ފުލުހުން މިދިޔަ ނޮވެމްބަރު މަހު ފެށި 'އޮޕަރޭޝަން އަލިމަގު' ގެ ދަށުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުގައި މާލެ އާއި ގއ. އަތޮޅުގެ ބައެއް ރަށްރަށުން 10 ގެ ބަލައި ފާސްކޮށް، ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި  އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރިއަހްމަދު އަނާމް އިބްރާހިމް، 30، އައިޒަން/ގއ. ވިލިނގިލި ހިމެނެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު 'ދައުރު' އަށް ވިދާޅުވީ އަނާމް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

އަނާމްގެ އިތުރުން އިއްޔެގެ އޮޕަރޭޝަނުގައި ހައްޔަރު ކުރީ؛ ޝައްފާހް ލަތީފް، 28، ޝެވޯނާ/ގއ. ވިލިނގިލި އާއި އަހްމަދު މަދީހު، 33، މިޔުޒިކީއާގެ/ގއ. ވިލިނގިލި ގެ އިތުރުން ނޫރުއްނިޒާމް، 35، އަރާއިރުގެ/ގއ.ވިލިނގިލި އެވެ. 

އަނާމް އާއި މަދީހު ހައްޔަރުކޮށްފައިވަނީ، އެނގިފައިވާ ގޮތުގައި، މާލެ ސަރަހައްދުންނެވެ. ދެން ތިބި މީހުން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލިންނެވެ

ފޮޓޯ ކްރެޑިޓް: ދައުރު

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *