ތާރީޚީ މުހިއްމު ފެށުމެއް: ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މުވައްޒަފުންނަށް ދެން މުސާރަ ދޭނީ ޑޮލަރުން

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ފަށައިފިއެވެ.

ކްރައުން އެންޑާ ޗަމްޕާ ރިސޯޓްސްގެ މުވައްޒަފުންނަށް މީގެކުރިން މުސާރަ ދެމުން އައިސްފައިވަނީ ރުފިޔާއިންނެވެ. ނަމަވެސް ސާވިސް ޗާޖު ދެނީ ޑޮލަރުންނެވެ.

އެ ކުންފުނިން ބުނި ގޮތުގައި މުވައްޒަފުންގެ މުސާރަ ޑޮލަރުން ދޭން ނިންމީ ގާނޫނުތަކާއި ގަވައިދުގެ ތެރެއިން މުވައްޒަފުންނަށް އެންމެ ރަނގަޅު ގޮތްތައް ފަހިކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ބޭރު ފައިސާއާބެހޭ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދެވިދާނެއެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ކުންފުނިން 11 ރިސޯޓެއް ހިންގައެވެ.

އެ ރިސޯޓުތަކުގެ ތެރޭގައި ކުޑަދޫ މޯލްޑިވްސް، ކަގި މޯލްޑިވްސް، ހުރަވަޅި، ނަލަ މޯލްޑިވްސް، މީރު މޯލްޑިވްސް، ކޮމަންޑޫ ރިސޯޓް، ވިލަމެދޫ ރިސޯޓު، ކުރެއްދޫ ރިސޯޓު އަދި އައިލެންޑް އެންޑް ސްޕާ ހިމެނެއެވެ.

އެ ކުންފުނީގައި 3،000 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *