މިުޒާހަރާގެ ބައިވެރިން މެރުން އީރާނުން މިހާރު ހުއްޓާލައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ. ދެން ހަމަލާއެއް ނުދޭނެ

އީރާނުގައި ކުރިއަށް ގެންދާ މުޒާހަރާގެ ބައިވެރިނާއި ދެކޮޅަށް އެގައުމުގެ ބާރުގެ ބޭނުންކޮށް، މަރަމުން އައި އައުން ހުއްޓާލާފައިވާ ކަމަށާއި އެހެން ކަމުން އީރާނާ ދެކޮޅަށް ހަމަލާއެއް ނުދޭނެ ކަމަށް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް އެހެން ބުނެފައިވަނީ ވައިޓްހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެމުންނެވެ.

އެގޮތުން ޓްރަމްޕް ބުނީ، އީރާނުގައި މީހުން މެރުން ހުއްޓާލާފައިވާކަން އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައުލޫމާތު ލިބިފައިވަނީ އިތުބާރު ކުރެވޭ ފަރާތަކުން ކަމަށެވެ. އެހެން ކަމުން އެގައުމަށް ހަމަލާއެއް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ޓްރަމްޕް ބުންޏެވެ.

"އީރާނަށް ހަމަލާ ދިނުން ވަނީ ހުއްޓިފައި. އަހަރުމެން ހަމަލާއެއް ނުދޭނަން. އެކަމަކީ އެއީ ފާއިތުވި ދުވަސްތަކުގައި ގިނަ ބަޔަކު ވާހަކަ ދައްކަމުން އައި ކަމެއް" ޓްރަމްޕް ބުންޏެވެ.

މީގެ އިތުރަށް ވެސް ޓްރަމްޕް ބުނެފައިވަނީ އޭނާ ދަނީ އީރާނުގައި ހިނގަމުން އަންނަ ކަންކަން ގާތުން ބަލަމުން ކަމަށެވެ.

އީރާން ސަރުކާރާއި ދެކޮޅަށް އެގައުމުގައި ކުރާ މުޒާހަރާތައް ހޫނުވެ، ގިނަ ބަޔަކު މަރުވެފައިވާއިރު، އެމެރިކާއިން ތުހުމަތުކޮށްފައިވަނީ އީރާން ސަރުކާރުން މުޒާހަރާގެ ބައިވެރިން މަރާލާނީ ކަމަށެވެ. އެހެން ކަމުން ޓްރަމްޕް ދިޔައީ އެކި ގޮތްގޮތުން އީރާން ސަރުކާރަށް އިންޒާރުތައް ދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *