އަލީ ބަލިކޮށް އާދަން އެމްޑީޕީ މާލެ ސިޓީ މޭޔަރުގެ ޓިކެޓް ދިފާއު ކުރައްވައިފި⁩

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓްގައި މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓަކަށް މިހާރުގެ މާލޭ މޭޔަރު އާދަމް ޢާޒިމް ހޮވިއްޖެއެވެ.

 

މިއަދު ބޭއްވި އެމްޑީޕީގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޕްރައިމަރީގައި މާކޭ މޭޔަރު ކަމުގެ ޓިކެޓަށް ވާދަކުރެއްވީ އާދަމް ޢާޒިމް އާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާޒިމެެވެ.

 

އިންތިޚާބުގެ ނިމި ވޯޓުބފޮށިތައް ގުނަން ފަށާފައިވާއިރު މިހާތަނަށް ގުނި ހުރިހާ ފޮށްޓަކުންވެސް ބޮޑުތަނުން ކުރީގައި އޮތީ މިހާރުގެ މޭޔަރު އާދަމް އާޒިމެވެ. އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިމްތިޚާބުގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ އާދަމް ޢާޒިމްކަން މިވަނީ ކަށަވަރުވެފައެވެ.

 

ކުރިއަށް އޮތް ކައުންސިލު އަދި ޑަބްލިއުޑީސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ގޮތުގައ އިންތިޚާބުގައި ވާދަ ކުރުމަށް ކައުންސިލް އިންތިޚާބަށް 510ށް ވުރެ ގިނަ ކެންޑިޑޭޓުން، ޑަބްލިއުޑީސީ އަށް 190 އަށް ވުރެ ގިނަ ކެނޑިޑޭޓުން ހުށަހެޅި ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

 

މި އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ 65 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެއީ، އަތޮޅުތަކަށް ޚާއްސަކޮށްގެން މާލޭގައި ބަހައްޓާފައިވާ 14 ފޮއްޓާއި މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން މާލޭގައި ބަހައްޓާފައިވާ 17 ވޯޓު ފޮށީގެ އިތުރުން، މާލެއިން ބޭރުގައި ބަހައްޓާފައިވާ 34 ވޯޓު ފޮށްޓެވެ.

 

މި އިންތިޚާބުގައި ފަސް ހާހަށްވުރެ ގިނަ މީހުން މާލޭގެ ދާއިރާތަކަށް ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *