އީލޮން މަސްކު ގޮތް ދޫކޮށް، ގްރޮކްއިން ފޮޓޯ ބަރަހަނާ ނުކުރެވޭ ގޮތަށް ޖިއޯބްލޮކް ލާން ނިންމައިފި

އެލަން މަސްކްކުގެ އެކްސްގައި ހިމެނޭ އޭއައި ޗެޓްބޮޓް އެކްސްއޭއައި ބޭނުންކޮށްގެން މީހުންގެ ފޮޓޯ ބަރަހަނާކުރުމުގެ މައްސަލަ ބޮޑުވެ އެކި ގައުމުތަކުން ފިޔަވަޅު އަޅަން ފެށުމުން އެންމެ ފަހުން ގްރޮކްގެ އެ ފީޗާ ކޮންޓްރޯލްކޮށްފިއެވެ.

”އެކްސް“ އިން އިއްޔެ ވަނީ އެ ފީޗާ މިހާރު ކޮންޓްރޯލު ކޮށްފައިވާ ކަމަށް އިއްޔެ އިއުލާނުކޮށްފައެވެ. އެ ކުންފުނިން އެކަން އިއުލާނު ކޮށްފައިމިވަނީ އެކްސްއޭއައި އިން ބޭއަދަބީ މަންޒަރުތައް އުފެއްދުމުގެ މައްސަލަ ބޮޑުވެ އެކަން ތަހުގީގުކުރަން ފަށައިފި ކަމަށް ކެލިފޯނިއާގެ އެޓާނީ ޖެނެރަލް ވިދާޅުވެފައި ވަނިކޮށެވެ. އަދި ބައެއް ގައުމުތަކުގައި ގްރޮކް ބްލޮކްކޮށްފައިވާއިރު އެކަމުގެ ތަހުގީގުތައް ވެސް އަންނަނީ ކުރަމުންނެވެ.

އެކްސް އިން ބުނީ ބަރަހަނާ މަންޒަރު ކަމަށް ބެލެވޭ ގޮތަށް އަސްލު މީހުންގެ ފޮޓޯ ބަދަލުކުރެވޭ ގޮތަށް ދީފައިވާ ފީޗާ، އެފަދަ މަންޒަރުތައް މަނާ ގައުމުތަކަށް ނުލިބޭ ގޮތަށް ”ޖިއޯބްލޮކް“ ކުރާނެ ކަމަށެވެ.

”ބިކިނީ ފަދަ އަންނައުނުގައި، އަސްލު މީހުންގެ ފޮޓޯތައް ގްރޮކުން އެޑިޓް ނުކުރެވޭ ގޮތަށް ޓެކްނޮލޮޖީގެ ގޮތުން އަޅުގަނޑުމެން ވަނީ ފިޔަވަޅުތަކެއް އަޅާފަ. ފައިސާ ދައްކާ ކަސްޓަމަރުން ވެސް ހިމެނޭ ގޮތަށް އެންމެންނަށް ވާނީ މިގޮތަށް ހަދާފަ“ އެކްސްގެ ސޭފްޓީ ޓީމުން މިކަމާ ބެހޭގޮތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މީގެއިތުރުން ރައްކާތެރިކަމުގެ އިތުރު ފީޗާއެއްގެ ގޮތުން މިހާރު ވަނީ އިމޭޖް އުފެއްދުމާއި އެޑިޓްކުރުން، އެކްސްގެ ސަބްސްކްރައިބަރުންނަށް އެކަނި ދޭން ފަށައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *