އޮސްޓްރޭލިއާގެ 16 އަހަރުން ދަށުގެ ފަސް މިލިއަން ސޯޝަލް މީޑިއާ އެކައުންޓް ބަންދު!

އޮސްޓްރޭލިޔާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާކުރުމާ ގުޅިގެން، އެ އުމުރުފުރައިގެ ކުދިން ބޭނުން ކުރަމުންދިޔަ ފަސް މިލިޔަނެއްހާ މީސްމީޑިޔާ އެކައުންޓު ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި ޑީއެކްޓިވޭޓްކޮށްފިއެވެ.

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ޓިކްޓޮކް، އެކްސް، ފޭސްބުކް، އިންސްޓަގްރާމް، ޔޫޓިއުބް، ސްނެޕްޗެޓް، ރެޑިޓް އަދި ތްރެޑްސް ފަދަ ސޯޝަލް މީޑިއާ ހިދުމަތްތައް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ޑިއެކްޓިވޭޓްކޮށްފައިވާ އެކައުންޓުގެ ޢަދަދަކީ އޮސްޓްރޭލިޔާގެ އާބާދީގައި ހިމެނޭ އުމުރުން 10 އަހަރާއި 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ދެ އެކައުންޓާ ގާތްކުރާ ޢަދަދެކެވެ.

އޮސްޓްރޭލިޔާ ސަރުކާރުން ވަނީ އެ ގައުމުގެ ކުޑަކުދިން ބޭނުންކުރާ އެކައުންޓުތައް ފޮހެނުލާ ނަމަ މީސްމީޑިޔާ ކުުންފުނިތަކުން ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރާ ގޮތަށް ކަނޑައަޅާފައެވެ.

އެގޮތުން ޤާނޫނު އެކުލަވާލާފައި ވަނީ އެ އަދި އެ ފިޔަވަޅުތައް ނާޅާ ކުންފުނިތައް 33 މިލިޔަން އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *