ބަލްމާ-6 ބަންޑުން ޖަހާލައި ދެ މީހުން ގެއްލިއްޖެ

ކ. ތާޖް އެގްޒޯޓިކާ ރިސޯޓް ކައިރިން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ "ބަލްމާ-6″ ނަމަކަށް ކިޔާ އެބޯޓް ބަންޑުން ޖަހާލި އިރު އޭގައި ތިބީ ހަތަރު މީހުން ކަމަށާއި އޭގެ ތެެރެއިން ދެ މީހަކު ގެއްލިފައި ވާތީ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށެވެ.

އަނެއް ދެ މީހުން އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެމްޑީއެފުން އެކްސްގައި ޕޯސްޓްކުރި ފޮޓޯއިން ފެންނަ ގޮތުގައި ބަންޑުން ޖަހާލި ބޯޓު މިހާރު އޮތީ  ފަރުމަތީގަ އެވެ.

އެ ހާދިސާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާ ހިނގި ސަރަހައްދުގައި މީހުން ހޯދުމާއި ބޯޓު ފުންކުރުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާގައި ގެއްލުނު މީހުންނަކީ ކޮން ބައެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *