އުވާލަން ނިންމި ޑިމޮކްރެޓްސްއިން ލޯކަލް ކައުންސިލް އިންތިހާބުގައި ވަކީން ވާދަކުރަން ނިންމައިފި؛ އެމްޑީޕީގެ ވޯޓުތައް ބައިބައި ވާނެ

އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ވަކިވެ އުފެއްދި ޑިމޮކްރެޓްސް ޕާޓީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފިއެވެ.

އެމްޑީޕީއާ އުފެދުނު ކޯޅުމުގެ ތެރެއިން އެ ޕާޓީގެ އިސް މެމްބަރުންތަކެއް ޑިމޮކްރެޓްސް ޕާޓީ އުފެއްދީ 2023 ވަނަ އަހަރުއެވެ. ނަމަވެސް ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް ވަރުގަދަ އިދިކޮޅު އިއްތިހާދެއް އުފެއްދުމަށްކަމަށް ބުނެ މި ދިޔަ ޖޫން މަހު ޑިމޮކްރެޓްސްއިން އޮތީ އެ ޕާޓީ އުވާލައި އެމްޑީޕީއާ ގުޅެން ގަރާރެއް ފާސްކޮށްފައެވެ. އަދި ކައުންސިލް އިންތިހާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ޑިމޮކްރެޓްސްގައި ކުރިން އުޅުއްވި ބޭފުޅުން ވާދަ ވެސް ކުރެއްވިއެވެ. ނަމަވެސް ޑިމޮކްރެޓްސްގައި އުޅުއްވި ބޭފުޅުންނަށް ޕްރައިމަރީގައި ކުރިމަތިވީ ނާކާމިޔާބީއާއެވެ.

އެ ނާކާމިޔާބީއާ ކުރިމަތިވެފައި ވަނިކޮށް ޑިމޮކްރެޓްސްއިން މިރޭ ނެރުނު ބަޔާނުގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި އެ ޕާޓީ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ހުޅުވާލައިފައިވާ އިރު އިންތިހާބަށް ކުރިމަތިލެވޭނީ ޑިޖިޓަލްކޮށް އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *