ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަޖީދު ވަކިކޮށްފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު، އެ މަގާމުން ވަކިކޮށްފިއެވެ.

މަޖީދު މަގާމުން ވަކި ކޮށްފައިވަނީ އިއްޔެ ކަމަށްވެއެވެ.

އަދި އަބްދުލްމަޖީދު ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން ވަކި ކުރައްވާފައި ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ކަމަށެވެ.

އެކަމާ ބެހޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މަގާމުން ވަކިކުރެއްވި އިރު އޭނާ ހުންނެވީ ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ބިދޭސީންގެ ކަންކަން ބަލަހައްޓާ، ފޮރިން ލޭބާ ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަގާމުގައެވެ. އަދި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގެ ކަންކަން ބެލެހެއްޓުމާ މިހާތަނަށް ހަވާލުވެ ހުންނެވީ ވެސް އޭނާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *