ހުސެއިން އަލިމަނިކުގެ ”ވިވިޑް ރިއަލިޒަމް“ އެގްޒިބިޝަން މެޑަމް ސާޖިދާ ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއއޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ”ވިވިޑް ރިއަލިޒަމް – ބައި ޙުސައިން“ ގެ ނަމުގައި ކުރިއަށްގެންދާ ކުރެހުމުގެ މަޢުރަޒު އިފުތިތާޙު ކޮށްދެއްވައިފިއެވެ.

އެ ކަމަނާ އެ މަޢުރަޒު އިފުތިތާހު ކޮށްދެއްވީ އެކަމަށްޓަކައި ނޭޝަނަލް އާޓް ގެލެރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

”ވިވިޑް ރިއަލިޒަމް – ބައި ޙުސައިން“ ގެ ނަމުގައި ކުރިއަށްގެންދާ މި މަޢުރަޒަކީ ކުރެހުންތެރިޔާ ޙުސައިން އަލީ މަނިކުގެ ފިހިން ދިވެހި ދިރިއުޅުމުގެ އާދަކާދަ އާއި މަސައްކަތްތެރިކަން ސިފަކޮށްދޭ މަންޒަރުތައް ހިމެނޭ މަޢުރަޒެކެވެ. މި މަޢުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ”ވިވިޑް ރިއަލިޒަމް – މައި ޖަރނީ ތްރޫ ދަ ކަލަރސް އޮފް އަ ނޭޝަން“ ފޮތް ނެރެދެއްވާފައެވެ.

”ވިވިޑް ރިއަލިޒަމް – ބައި ޙުސައިން“ ގެ ނަމުގައި ކުރިއަށްދާ މި މަޢުރަޒު ހުޅުއްވައި ދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މަޢުރަޒު ބައްލަވާލައްވައި، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *