ލޯކަލް ކައުންސިލް އިންތިހާބުގައި ސިޔާސީ ގޮތުން ސަކަރާތް ޖެހުމުގެ ފުރުސަތު ނުދޭތި: ރައީސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޔާސީ ގޮތުން ސަކަރާތް ޖެހުމުގެ ފުރުސަތު ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ޕީއެންސީގެ ހަރުގޭގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަން އެހީތެރިވެދޭނެ ސިޓީ ކައުންސިލެއް އޮންނަން ޖެހޭ ކަމަށާއި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް މޭޖާ ޖެނެރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލް ނެރުއްވީ، މާލޭގެ ކުރިއެރުމާއި ތަރައްގީ އެންމެ ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ލޯކަލް ކައުންސިލްތަކަށް ހޮވަން ޖެހޭނީ ސަރުކާރަށް އެއްބާރުލުންދޭ، ސަރުކާރުން ހިންގާ ތަރައްގީގެ މަޝްހޫރުތަކަށް އެހީތެރިވެދޭ ކައުންސިލަރުން ކަމަށެވެ.

"ރައްޔިތުންނާ ސަރުކާރާ ދޭތެރެއަށް އިދިކީލަ ވިސްނުންތަކެއް ނުވައްދަވާށޭ. ވައްދަން ފުރުސަތު ނުދެއްވާށޭ. ސިޔާސީ ސަކަރާތް ޖެހުމާއި ސިޔާސީ ޖަގަޑާ ހެދުމާއި އެކި ކަހަލަ ގޮތް ގޮތުން ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް ހުރަސްތަކެއް ފުރުސަތުތައް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ނުދެއްވާށޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވާނެ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ވައުދުކަމުގައިވާ ބޯހިޔާވަހިކަމުގެ ވައުދުވެސް ފުދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *