ސާފް ފުޓްސެލް ޗެމްޕިއަންޝިޕް: ހުރިހާ މެޗަކުން މޮޅުވެގެން ދިވެހިރާއްޖެ މުބާރާތް ނިންމާލައިފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ހުރިހާ މެޗަކުން މޮޅުވެގެން ދިވެހިރާއްޖެ މުބާރާތް ނިންމާލައިފި އެވެ.

ތާރީހުގައި ވެސް ބޭއްވި ފުރަތަމަ ސަރަހައްދީ ފުޓްސަލް މުބާރާތުގައި ރާއްޖޭގެ ފަހު މެޗުގައި މިއަދު ސްރީ ލަންކާއާ ބައްދަލުކޮށް ކާމިޔާބު ކުރީ 5-2 އިންނެވެ.

ރާއްޖެ ވަނީ އެއް މެޗު ބާކީ އޮއްވައި ފުރަތަމަ ފަސް މެޗުން 15 ޕޮއިންޓާ އެކު މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރު ކޮށްފަ އެވެ. މިއަދުގެ މެޗާ އެކު ރާއްޖެ މިވަނީ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށް، ހަ މެޗުން 18 ޕޮއިންޓް ހޯދައިފަ އެވެ.

އެންމެ ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލި ކުރި އިރު ދެވަނަ މެޗުގައި ބަންގްލަދޭޝް ބަލި ކުރީ 6-1 އިންނެވެ. ޖެހިގެން އައި މެޗުގައި އިންޑިއާއާ ވާދަކޮށް 5-0 އިން މޮޅުވެ، އެއަށް ފަހު ވަނީ ނޭޕާލާ ވަރުގަދަ ވާދައެއް ކޮށް 2-1 އިން މޮޅުވެފަ އެވެ. އަދި ޗެމްޕިއަންކަން ކަށަވަރު ކުރީ ފަހަތުން އަރައި 3-1 އިން ބޫޓާން ބަލިކޮށްގެންނެވެ.

ރާއްޖޭން މުބާރާތުގައި ނެރޭ ފުރަތަމަ 5 ގައި ހިމެނޭ އަބްދުﷲ ޝާފިއު (ޝާއްޕެ) އަށް ދެ ރީނދޫ ކާޑު ހަމަވެފައި ވުމާ އެކު ފުރަތަމަ ފަހެއްގައި މިއަދު ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އާއި އިޝާން އިބްރާޙިމް (ސައްޓު) އަދި އަހުމަދު ހަމީދު (އަންމަޑޭ) އާއެކު މެޗު ފެށީ އަބްދުﷲ ޖުނެއިދު (ޖޭންނޭ) އެވެ. އަދި ގޯލްކީޕަރު ޒައިދާން އަހުމަދު (އަސޫ) ގެ ބަދަލުގައި ކުޅުނީ އަލީ ނާޖިހު (ހޭޓް) އެވެ.

މިއަދުގެ މެޗުގެ 13 ވަނަ މިނިޓުގައި އިޝާން ބޮލުން ދިން ބޯޅަ ކޮންޓްރޯލް ކޮށްލާފައި ރާއްޖެއަށް ލީޑު ނަގައިދިނީ އިމްރާން އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *