މޯދީގެ ދިވެހި ބަހުގެ ސުކުރެއް ރައީސް ޑރ. މުއިއްޒަށް ބަރުތީލަ ކޮށްފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ދިވެހި ބަހުން ޝުކުރުއަދާކުރައްވައިފިއެވެ.

މޯދީ ރައީސް މުއިއްޒުއަށް ޝުކުރު އަދާކުރައްވާފައިވަނީ އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު މޯދީއަށް ފޮނުއްވި ތަހުނިޔާ މެސެޖަށެވެ.

މޯދީ ވިދާޅުވީ އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އަރިސަކުރެއްވި ހޫނު ތަހުނިޔާއާއި ހެޔޮއެދުން އިހުތިރާމާއިއެކު ބަލައިގަންނަ ކަމަށެވެ.

އިންޑިއާއާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައިކުރާ މަސައްކަތް ކުރިއަށްގެންދާނެ ކަން ފާހަގަކުރައްވާ މޯދީ ވަނީ އެންމެހާ ދިވެހި ރައްޔިތުންނަށް ކުރިއަށް އޮތް ދުވަސްތަކަކީ އުފާވެރި ފާގަތި ދުވަސްތަކެއްކަމަށް ވުމަށް އެދިވަޑައިގެންފައެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޕޯސްޓްގައި ވަނީ އިންޑިއާގެ ރައީސް، ޝްރީ ޑްރައުޕަދީ މުރްމު އަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި އިންޑިއާގެ އެންމެހާ ރައްޔިތުންނަށް ވެސް ތަހުނިޔާއާއި ހެޔޮއެދުންތައް ރައީސް ވަނީ ފޮނުއްވާފައެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހަކީ މިނިވަންކަމާއި ޑިމޮކްރަސީއާއި ހިންގުން ހަރުދަނާކުރުމަށް ރައްޔިތުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ދުވަހެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖެއިން ބޭނުންވަނީ ދެ ގައުމުގެ ގުޅުން ވަރުގަދަކޮށް، ދެ ގައުމު ގުޅިގެން، ފައިދާވާނެގޮތަށް މަސައްކަތްކުރުމަށް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *