ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކުން ނަގާ ފީ 50 އިންސައްތަ ކުޑަކޮށްދީފި

ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކުން ނަގާ ފީ 50 އިންސައްތަ ސަރުކާރުން ކުޑަކޮށްދީފިއެވެ.

ފީތައް ކުޑަކޮށްފައިވާކަން ހާމަކުރީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އާއްމުކުރި އިޢުލާނެއްގައެވެ.

އެ އިދާރާއިން ބުނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރުމަށް ޢަމަލުކުރަމުންގެންދާ "ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓްރީކޮށް ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގައި އިންތިޤާލީ އުޞޫލު" ބަޔާންކުރާ ޤަވާއިދުގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރުމުގައި އެ އޮތޯރިޓީން ނަގަމުންގެންދާ ރަޖިސްޓްރޭޝަން ފީއާއި ކެޓަގަރީ ފީ ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ނިންމުމަށް ޖަނަވަރީ 28 އިން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަކަށް ޢަމަލުކުރަން ނިންމާފައިވާކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ނަގާ ފީ 50 އިންސައްތަ ކުޑަކުރިއިރު، އެތަންތަނުން ދޭ ޚިދުމަތް ވެސް އެމްއެފްޑީއޭއިން އަންނަނީ މޮނިޓަރ ކުރަމުންނެވެ. އެގޮތުން، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގައި 1،010 ތަނެއް ބަލައި އޭގެތެރެއިން 70 ތަނެއް ވަނީ މިދިޔަ އޮކްޓޫބަރު މަހު ބަންދުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *