ފާޑުކިޔުން ބޮޑުވުމުން ބިސާންގެ ޓިކްޓޮކް އެކައުންޓް އަނބުރާ ދީފި

އެމީ އެވޯޑްސް ހާސިލްކޮށްފައިވާ، ފަލަސްތީނުގެ މަޝްހޫރު ނޫސްވެރިޔާ ބިސާން އައުދާއަށް ޓިކްޓޮކުން ފިޔަވަޅުއަޅައި އެ ޕްލެޓްފޯމުން ބޭރުކޮށްލި މައްސަލައިގައި ފާޑުކިޔުން ބޮޑުވުމުން އެންމެ ފަހުން އެކައުންޓް އިޔާދަކޮށްދީފި އެވެ.

ޣައްޒާގެ ހާލަތު ދުނިޔެއަށް ހާމަކޮށްދެމުން އަންނަ ޒުވާން ނޫސްވެރިޔާގެ އެކައުންޓް ޓިކްޓޮކުން ޑިލީޓްކޮށްލީ ޓިކްޓޮކްގެ އެމެރިކާ ކުންފުނީގެ ކޮންޓްރޯލް އެމެރިކާއަށް އޮންނަ ގޮތަށް ނޫނީ ނުހިންގޭ ގޮތަށް ގާނޫނު ބަދަލުކުރުމުން ކުންފުނީގެ ހިއްސާ ބަދަލުކުރިތާ ހަފްތާއެއް ފަހުންނެވެ.

ބިސާން އޭނާގެ 1.4 މިލިއަން ފޮލޯވަރުންނާ އެކު ޓިކްޓޮކުން ބޭރުކޮށްލުމުން އަމާޒުވި ފާޑުކިޔުންތަކާ އެކު، 24 ގަޑިއިރު ތެރޭ އަނެއްކާ ވަނީ އެކައުންޓް ދީފަ އެވެ.

"މިއީ ޣައްޒާއިން ބިސާން. އަހަރެން އަދި ދުނިޔޭގައި އެބަހުރި" ކަމަށް ބުނަމުން ވީޑިއޯތައް ފަށާ ނޫސްވެރިޔާ އަށް ފިޔަވަޅު އެޅުމުގެ ކުރިން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޔަހޫދީނަށް ތާއީދުކުރާ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާ ބައްދަލުކޮށް ޓިކްޓޮކްގައި ފަލަސްތީނުގެ އަޑު ކަނޑުވާލައި ޔަހޫދީންނާ އެއްކޮޅަށް ހުންނަ ކޮންޓެންޓް ގިނަކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.

މީގެ އިތުރުން ޓިކްޓޮކްގެ ސީއީއޯ އެޑަމް ޕްރެސާ ވެސް ދާދި ފަހުން ވަނީ ކޮންޓެންޓް މޮޑަރޭޓް ކުރުމުގައި "ޒަޔަނިސްޓް" އަކީ ނަފްރަތު އުފެއްދުމުގެ ބަހެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމަށް ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *