ޑްރޯން އެހީގައި ބޭރުގެ ދެ މަސްބޯޓް އަތުލައިގަނެފި

ދިވެހި ޤައުމީ ދިފާއީބާރަށް ނިސްބަތްވާ އެއާކޯގެ ޑްރޯން އެހީގައި ބޭރުގެ ދެ މަސްބޯޓު އަތުލައިގަނެފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ޑްރޯން އެހީގައި އަތުލައިގަތް ދެ މަސްބޯޓަކީ ރައްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެގެން އުޅުނު ދެ އުޅަނދުކަމަށް އެމްއެންޑީއެފްގެ ކޯސްޓުގާޑުން ވަނީ ބުނެފައެވެ.

އަތުލައިގަނެފައިވަނީ އަވައްޓެރި ސްރީލަންކާއަށް ނިސްބަތްވާ ދެ އުޅަނދެވެ.

އެމްއެންޑީއެފުން ބުނީ މި ބޯޓުތައް ހިފަހައްޓާފައި ވަނީ، އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރއިން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިއްޔެގެ 14:02 ހާއިރު، ހއ. ކެލާގެ އިރުން 109 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށެވެ.

ޤައުމީ ދިފާއީ ބާރުން ބުނީ މި ދެ ބޯޓު ކުޅުދުއްފުށި ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *