އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ފަހަރަށް ޕޯޓަލެއް ގާއިމްކޮށް، މިއަދު އިފްތިތާހުކޮށްފި އެވެ.
މި ޕޯޓަލް އިފްތިހާހުކޮށްފައި ވަނީ މަޖިލީސް އިދާރާގައި އެކަމަށްޓަކައި މިއަދު ބޭއްވި ހައްސަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކޮލަސް ލޯ ބައިވެރިވެވަޑައިގެންނެވި އެވެ.
ޕޯޓަލް އިފްތިތާހުކުރުމަށް ފަހު މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއީ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށާއި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާ ކުރުމަށް އެޅި ތާރީހީ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް މަޖީލީހަށް ޕެޓިޝަން ހުށަހެޅުމާއި ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މަސައްކަތްތައް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އަދާހަމަ މައުލޫމާތު ލިބިގެންދާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
ޕޯޓަލްގައި ސޮއިކުުރުމާއި ސޮއިކުރާ ފަރާތްތަކުގެ ސައްހަކަން އީފާސް މެދުވެރިކޮށް ކަށަވަރު ކުރެވޭނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.


