އީޝާ މަގާމުން ވަކިކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު (އެސްޕީޑީ)ގެ ވަޒީފާގައި ހުންނެވި އީޝާ އަޝްރަފް މަގާމުން ވަކިކޮށްފި އެވެ.

އީޝާ މަގާމުން ވަކިކުރި ކަމުގެ ލިއުން ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެއީ ސައްހަ ލިއުމެއްކަން ޔަގީނެވެ.

އީޝާއަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވަނީ އީޝާ ވަކިކުރީ ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކުރިން އީޝާ ވަނީ ރައީސް އޮފީހުގައި ވެސް މި ސަރުކާރުގައި މަސައްކަތްކުރައްވައިފަ އެވެ.

އީޝާ ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ ޕީއެންސީގެ ނައިބު ރައީސް ހަސަން މުފީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދާއިރާއަށް ނިސްބަތްވާ ޕީއެންސީގެ އެއްވެސް މެންބަރަކަށް ދެރަ ގޮތެއް ވުމަށް ނޭދޭ ކަމަށެވެ. އަދި ސަރުކާރުން މި ގޮތަށް އޭނާ ވަކިކުރުން ކުށްވެރިކުރާ ކަމަށް ވެސް މުފީދު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *