ބަޔަކު ސަރުކާރު ޖަވާބުދާރީ ކުރުވަންދެން ރައީސް ޑރ. މުޢިއްޒު މަޑެއް ނުކުރައްވާ، އެޒިންމާ އަމިއްލަފުޅަށް އެބަ ނަންގަވާ: އަލީ އާރިފް

ބަޔަކު ސަރުކާރު ޖަވާބުދާރީ ކުރުވަންދެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުހުންނަވާ ކަމަށާއި އެމަނިކުފާނު އަމިއްލަފުޅަށް އެކަން ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

"އެކްސް" ގައި އާރިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވަން އެދި އިދިކޮޅުން އިންތިހާބުގައި ވޯޓު ދިނުމަށް ބުނަމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް އެހެންމީހަކު ސަރުކާރު ޖަވާބޫދާރީ ކުރުވާތޯ ބަލަން ނުހުންނަވާ ރައީސް މުޢިއްޒު އަމިއްލަފުޅަށް އެކަން ކުރައްވަމުން އަންނަކަމަށް އާރިފް ވިދާޅުވިއެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ އަތޮޅުތަކަށް ރައީސް ކުރައްވާ ދަތުރުފުޅުތަކެވެ.

"މިނިސްޓަރުންނާއި އެމްޑީން ގޮވައިގެން ރާއްޖޭގެ ހުރިހާ ރައްޔިތުން ގާތަށް ސީދާ ވަޑައިގެން ރައްޔިތުންގެ ދަރުބާރުގައި ރައީސް މުޢިއްޒު އަމިއްލަފުޅަށް ސަރުކާރު ޖަވާބުދާރީ ކުރުވަނީ،" އާރިފް ވިދާޅުވެފައިވެއެވެ.

މިހާރުވެސް ސިލްސިލާ ގޮތެއްގައި ރައްޔިތުންގެ އެކި ފަންތީގެ އެކި ގިންތީގެ ގާތަށް ރައީސް އަމިއްލަ ފުޅަށް ވަޑައިގެން ޖަވާބުދާރީ ވެ ވަޑައިގަންނަވަމުން އަންނަކަމަށްވެސް އާރިފް ވިދާޅުވިއެވެ. އަދި މަދު މީސްކޮޅެެއްގެ ގާތަށް ދިޔުމުގެ ބަދަލުގައި ރައީސް ވަޑައިގަންނަވަނީ ސީދާ ރައްޔިތުންގެ ދަރުބާރަށްކަމަށްވެސް އާރިފް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *