އެކްޑީޕީގެ ޒަމާންވީ ވަރުގަދަ އެކްޓިވިސްޓުން ޕީއެންސީގެ ކެމްޕޭނުގައި، ހަމަ ރަނގަޅަށްވެސް ރޫޅިއްޖެ!

އެމްޑީޕީގެ ޒަމާންވީ ވަރުގަދަ އެކްޓިވިސްޓުންތަކެއް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ޕީއެންސީގެ މާލޭގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ނުކުމެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އޭގެ ތެރޭގައި ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް ބަދަލުވި އެކްޓިވިސްޓުންވެސް ހިމެނެއެވެ.

ސޯސަލް މީޑިއާގެ ބައެއް ގްރޫޕުތަކުގައި ބުނެފައިވާ ގޮތުގައި "ފޮޓޯތަކުން ފެންނަ މޫނުތަކަށް ބަލާއިރު އެއީ ރައީސް ނަޝީދު ވަކި ގޮތަކަށް އަންގައިގެން ނޫނީ އެގޮތަށް އުޅޭނެ މޫނުތަކެއް ނޫނެ"ވެ. އެހެންކަމުން ރައީސް ނަޝީދު ޕީއެންސީ ކެންޑިޑޭޓުންނަށް ތާއީދުކުރާ ކަމަަށް ނުސީދާކޮށް އެމީހުން ފާޑުކިޔާފައިވެއެވެ.

އެފޮޓޯތައް ޝެއާކުރި ޕީއެންސީގެ ބައެއް ސަޕޯޓަރުން ބުނެފައިވާ ގޮތުގައި "އެންމެން އެކުގައި" ފެނުމަކީ "ވަރަށް އުފާވެރި މަންޒަރެއް" ކަމަށާއި މިފަހަރު ކާމިޔާބު ހޯދޭނެ ކަމަށެވެ.

މި ފޮޓޯތަކުން އެމްޑީޕީގެ އެކްޓިވިސްޓުން ބައިބައިވެ ރޫޅިފައިވާ ފެންވަރު ވަރަށް ރަނގަޅަށް ފެނިގެން ދެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *