މާލޭ މޭޔަރު ކަމަށް ވާދަކުރާ މީހުންގެ ނަންތައް ތަރުތީބުކޮށްފި

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނަގަން ފަށައިފިއެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ބޮޑް 2 ޕާޓީން ވާދަކުރާ ކެނޑީޓޭޓޫންގެ ތެރެއިން އެމްޑީޕީން ވާދަކުރާ އާދަމް އާޒިމް އަށް ލިބިފައިވަނީ ކެނޑިޑޭޓް ނަމްބަރ 3 އެވެ. އަދި ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީގެ ކެނޑީޑޭޓް މޫސާ އަލީ ޖަލީލް އަށް ލިބިފައިވަނީ ކެނޑިޑޭޓް ނަމްބަރ 4 އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިއަދުގެ ހެނދުނު 10:00 ގައި ވަނީ ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައެވެ.

ފަށާފައިވަނީ މިއަދު 10:00ގައެވެ. ގުރުއަތު ނެގުން ކުރިއަށްދާނީ އެއް ވަގުތެއްގައެވެ. މާލެ ސިޓީގައި ގުރުއަތު ނެގުން ކުރިއަށްގެންދަނީ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ. އެއީ މާފަންނުގައި، ކުރީގެ ޑްރަގް ކޯޓު ހިންގި އިމާރާތެވެ. ސިޓީތަކާއި އެހެނިހެން ރަށްތަކުގައި ގުރުއަތު ނެގުން ކުރިއަށްދާނީ ކައުންސިލް އިދާރާގައި ނުވަތަ އެރަށެއްގެ ކައުންސިލުން ކަނޑައަޅާފައިވާ ތަންތަނުގައެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ހުށައަޅާފައެވެ. އަދި މިފަހަރުގެ އިންތިޚާބުގައި 6 ސިޔާސީ ޕާޓީއަކުން ވާދަކުރެއެވެ. ސިޔާސީ ޕާޓީތަކުން 1210 ކެންޑިޑޭޓުން ވާދަކުރާއިރު އަމިއްލަ ގޮތުން ވާދަކުރަނީ 401 ކެންޑިޑޭޓުންނެވެ.

އެގޮތުން ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިފަހަރުގެ އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *