Screenshot

ނުރައްކާތެރި ލޯންޗް އެކްސިޑެންޓެއްގައުު ހަތަރު މީހަކަށް އަނިޔާވެއްޖެ

މާލެ ކައިރިން ދޯންޏަކާއި ލޯންޗެއް ޖެހި، ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގައިފައިވަނީ ކ. ފުނަދޫ ކައިރިން، ރޭ 7:19 ހާއިރެވެ.

އެ ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހީންނާއި ބިދޭސީ މީހެއް ކަމަށް އެނގިފައިވެއެވެ. އޭގެ ތެރެއިން ދިވެއްސަކަށް ލިބުނު އަނިޔާއާ ގުޅިގެން، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ މީހުންނަށް ލިބުނު އަނިޔާއާ ގުޅޭ ތަފުސީލެއް މިހާތަނަށް ލިބިފައިނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *