މަސް ދޯންޏެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ފަސް މީހަކަށް އަނިޔާ ވެއްޖެ

މަސް ދޯންޏެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ފަސް މީހަކަށް އަނިޔާވެގެން މާލެ ގެނެސްފި އެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓު ކައިރިން މަސް ދޯންޏެއްގައި އަލިފާން ރޯވި ހާދިސާ ފުލުހުންނަށް ރިޕޯޓްކުރީ މިއަދު މެންދުރު 2:54 ހާއިރު އެވެ. އަލިފާނުގެ ހާދިސާ ހިނގިއިރު ދޯނީގައި 15 މީހުް ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެގެން މާލެ ގެނެސް ފަރުވާ ދެމުންދާ ކަމަށެވެ.

އެއީ ދެ ދިވެހިންނާއި ތިން ބިދޭސީން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް މިހާދިސާގައި އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *