އޭނާއަށް ވަހީ އަންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދީނަށް ފުރައްސާރަ ކުރި މީހެއްގެ މައްސަލަ ބަލަނީ

ވަހީ އަންނަ ކަމަށް ބުނެ އިސްލާމް ދީނަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މީހާގެ މައްސަލަ ބަލަމް އެދިފައިވާކަމަށް އިސްލާމިކް މިނިސްޓްރީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހި ފިރިހެނަކު ދަނީ ތަކުރާރުކޮށް އިސްލާމް ދީނަށް ހަޖޫ ޖަހާ ކީރިތި މާތް ނަބިއްޔާއަށް ކުޑަ މީސްކޮށް ވާހަކަ ދައްކާފައިވާ ވީޑިއޯތައް އޭނާގެ ޓިކްޓޮކް އެކައުންޓުގައި ދަނީ ޕޯސްޓު ކުރަމުންނެވެ.

ރާއްޖެއިން ބޭރު ގައުމެއްގައި ހުރެގެން އެ މީހާ ޕޯސްޓު ކުރާ ވީޑިއޯތަކުގައި އޭނާ ވަނީ ވަރަށް ބޮޑަށް އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައެވެ.

މިނިސްޓަރ ޝަހީމް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިމަންނާއަށް ވަހީ އަންނަ ކަމަށް ބުނެއާއި އިސްލާމީ ޢަޤީދާއަށާއި ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތައް ވާހަކަދައްކާފައިވާ މީހާގެ ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުގައި 15 ފެބްރުއަރީގައި އެ މިނިސްޓްރީން ރަސްމީކޮށް އެދިފައިވާނެ ކަމަށެވެ.

ދައުރުވަމުންދާ ވީޑިއޯތަކުގައި އެމީހާ ބުނެފައިވާ ގޮތުގައި އޭނާއަކީ ނ. ކުޑަފަރީއަށް ނިސްބަތްވާ މީހެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *